ހދ. ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކަށް ހާޒިރުވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު މީހުންނަށް އެ ރަށު ކައުންސިލުން ހަދިޔާތައް ދީފިއެވެ.
މި ހަދިޔާތައް ހަވާލުކޮށްފައިވަނީ "ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031" އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކަށެވެ.
ނެއްލައިދޫ ކައުންސިލުން މި ބައްދަލުވުންތައް ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ، ބައްދަލުވުންތަކުގެ ހާޒިރީ ރަނގަޅުކޮށް، ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑަށް އިތުރުކުރުމުގެ މަޤްޞަދުގައެވެ.

މިގޮތުން، ބައްދަލުވުންތަކަށް ހާޒިރުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 15 ފަރާތަކަށް ހަދިޔާ ދިނުމަށް ކައުންސިލުން ކުރިން އޮތީ އިޢުލާނުކޮށްފައެވެ. އަދި މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކުގައި ޤަވާޢިދުން ބައިވެރިވުމުން ކަމަށްވެސް ކައުންސިލުން އޭރު ބަޔާންކޮށްފައިވެއެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުލުން ބާއްވާފައި ވަނީ ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ފަހު ބައްދަލުވުމަށްފަހުގައެވެ.
މީގެ އިތުރުން ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، 15 ބައިވެރިންގެ މެދުގައި އިނާމު ހޮވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އިންސާފުވެރިކަމާއެކު، ޑިޖިޓަލް ރޭންޑަމް ސިސްޓަމެއް މެދުވެރިކޮށެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކަށް ދިން އިނާމުތަކުގެ ތެރޭގައި ހިމެނެނީ ތެލި ސެޓާއި، ބޮއިލަރުގެ އިތުރުން މިކްސަރާއި، އެއާފްރަޔާ އަދި ރައިސްކުކަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!