ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ މިފަދަ ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާތީ މިނިސްޓްރީއިން މިދަނީ އެކަން ބަލަމުންކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ މި ޓުވީޓްއަށް ރައްދުދެއްވާ ޑރ މުޙައްމަދު އިޔާޒު ބުނެފައިވަނީ ދީނީ އިލްމުވެރިން ދަރުސް އެއް ދޭން ވިޔަސް އެތަށް ބައިވަރު ހުއްދަތަކެއް ނަގަން ޖެހޭކަމަށާއި ނަމަވެސް ދީނާއި ޚިލާފު މިފަދަ ވޯކްޝޮޕްތައް ބާއްވަން ވީމަ އެއްވެސް ތަނަކުން ހުއްދަ އެއް ނަގާކަށް ނުޖެހޭ ކަމަށާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އަދި ކަމާއި ބެހޭ ފަރާތްތަކުން މިފަދަ މައްސަލަތައް ސީރިއަސްކޮން ބަލަން ޖެހޭކަމަށް ބުނެފައިވެއެވެ.
މިހާރު މީސްމީޑިއާގައި އަޑުގަދަވެފައިވާ ލާދީނީ ވާހަކަތަކެއް ހިމެނޭ ވޯކްޝޮޕްއެއް ހދ ހަނިމާދޫގަ އާއި އައްޑޫ ސިޓީގައި ބާއްވާފައިވާކަމަށް ބުނެ ގިނަބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!