ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ކުޅުދުއްފުށި އަތުން ބަލިވިނަމަވެސް ހަނިމާދޫ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މެޗުގައި ޓީމް ކުޅުދުއްފުއްޓާއި ޓީމު ހަނިމާދޫ ބައްދަލުކޮށްފައިވާއިރު، މެޗު ނިމުނީ 3-2 ގެ ނަތީޖާ އަކުން ޓީމު ކުޅުދުއްފުށި ލީޑުގައި އޮވެއެވެ.

Ad
rt

އެހެންނަމަވެސް، މި މުބާރާތުގައި ހަނިމާދޫ ޓީމުން ފައިނަލުން ޖާގައެއް ހޯދާފައިވަނީ، އެ ޓީމުން ކުރިން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގޯލުގެ ތަފާތަކުންނެވެ.

މިގޮތުން މި މުބާރާތުގެ ދެވަނަ މެޗުގައި ހަނިމާދޫ ޓީމުން ވަނީ 3-0 ގެ ނަތީޖާ އަކުން ނޮޅިވަރަމް ބަލިކޮށްފައެވެ. އަދި ނެއްލައިދޫ އާއި ހަނިމާދޫ ބައްދަލުކުރި މެޗުންވެސް ހަނިމާދޫ ޓީމުން ވަނީ 3-2 ގެ ނަތީޖާ އަކުން ކުރިހޯދާފައެވެ.

މި މުބާރާތުގައި މާދަމާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަމާއި ނެއްލައިދޫ ޓީމެވެ.

މާދަމާގެ މެޗުގައި ފައިނަލުން ޖާގައެއް ހޯދުމަށް، ނޮޅިވަރަމް ޓީމުން 5 ލަނޑު ކާމިޔާބު ކުރަން ޖެހޭނެއެވެ. އެއީ ނޮޅިވަރަމު ޓީމާއި ކުޅުދުއްފުށީ ޓީމުގެ ދެމެދުގައި 5 ލަނޑުގެ ތަފާތެއް އޮތުމުންނެވެ. އަދި އެ މެޗުގައި ނެއްލައިދޫ ޓީމު މޮޅިވިޔަސް ފައިނަލުގައި ވާދަކުރާނީ ކުޅުދުއްފުއްޓާއި ހަނިމާދޫ ޓީމެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ.