މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ނަސްރު ބޯޓު'' ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ މިއަދު މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ.
ބޯޓުގައި ތިބި މީހުން ކޯސްޓް ގާޑުން ވަނީ ސަލާމަތް ކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
މި ހާދިސާގައި ނަސްރު ބޯޓު ދިޔަވެގެން އަޑިއަށް ގޮސް ބައެއް ތަކެތި އޮޔާދާތީވެ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު އަޑިއަށް ދިޔައީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ސަރަހައްދަށް ކަމަށެވެ.
'' ބޯޓު ދިޔަވެ އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން'' އެމްއެންޑީއެފުން ބުނެފަވެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަލިގާގެ އިރުމައްޗަށް ވާގޮތަށެވެ. މި ސަރަހައްދުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބޯޓަކީ ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ ބަޔަކު ދުއްވާ ބޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!