ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އާއި ދިއްދޫ އަންހެނުން ކޮމިޓީގެ މެންބަރުންނާއި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވޮލީކޯޓު ހުޅުވުމުގެ ގޮތުން ދިއްދޫއަށް ދެ ކްލަބް ޖަމިއްޔާއަކުން ވަނީ މެޗެއްވެސް ކުޅިފައެވެ.

Ad
rt

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، މި ކޯޓަކީ ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކައުންސިލުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ވޮލީކޯޓެއް ކަމަށެވެ. އަދި ވޮލީ ކުޅުމަށް ޝައުޤުވެރިކަން ފާޅުކުރާ ރައްޔިތުންތަކެއް ނިސްބަތްވާ އެ ރަށަށް، މި ވޮލީކޯޓުގެ ސަބަބުން އިތުރުކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ހެދިފައިވާ ވޮލީކޯޓް މިއަދު ވަނީ ހުޅުވާލެވިފައި. މި ކޯޓުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލްކުރެވޭ.

ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އިއްޔެ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި މަސައްކަތް ކުރިއަށްގެންދިއުމުގައި އެމްޓީސީސީ އަދި އާރުޑީސީގެ އެހީތެރިކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.