ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަގީޗާ އަދި ގަސްއިންދާ ހެއްދުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ޕްރޮގްރާމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ތަމްރީނު ޕްރޮގްރާމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަގީޗާ ހައްދާ ބަލަހައްޓާނެ ގޮތާއި، ގަހުގެ ނަރސަރީއެއް ހިންގައި ބަލައްހައްޓާނެ ގޮތްތައް ދަސްކޮށްދެވިފައިވާނެކަމަށެވެ.

Ad
rt

މީގެ އިތުރުން، ގަސްތަކަށް ޖެހޭ ބައްޔާއި ގަސް އިންދާ ހެއްދުމުގައި ޚާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭ ގޮތުންވެސް މި ތަމްރީނު ޕްރޮގްރާމުގައި އިސްކަމެއްދީފައިވާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ތިއަރީ އަދި ފީލްޑް ކްލާސްތައް ހިމެނޭހެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ޕްރެކްޓިކަލް ސެޝަންތަކުގެ ދަށުން މުވައްޒަފުން ވަނީ ކުޅުދުއްފުށި ސިޓީ އާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ސިޓީގައި ތަރައްޤީކޮށްފައިވާ 'މަލަފެހި' ނަރސަރީއަށާއި ޕާކުތަކަށް ޒިޔާރާތްކޮށް ދިރާސާތައްކޮށްފައެވެ.

މިގޮތުން މުވައްޒަފުންނަށް މި ތަމްރީނު ޕްރޮގްރާމު ނަންގަވައިދެއްވާފައިވަނީ ގަސްއިންދާ ހެއްދުމުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ހަސަން ޝުޢައިބް މެދުވެރިކޮށެވެ.

ސިޓީ ކައުންސިލުން ވަނީ މިފަދަ މުހިންމު ޕްރޮގްރާމެއް ހިންގަވައިދެއްވާފައިވާތީ ޝުޢައިބްގެ ބައިވެރިވުމާއި މަސައްކަތް ފާހަގަކޮށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.