ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ޖައްބާރު ނަތަންޔާހޫ މަރާލަން ރޭވިކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު އެކްޓިވިސްޓަކު، ދެ ހަފްތާ ކުރިން ހައްޔަރުކޮށްފައިވާ ކަމަށް ބުދަ ދުވަހު އިސްރާއީލުގެ ފުލުހުން ބުނެފިއެވެ.

އިސްރާއީލުގެ ފުލުހުންނާއި ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ މަރާލަން އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ 70 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ، ސަރުކާރާ ދެކޮޅު އިހުތިޖާޖު ހަރަކާތުގައި ހިމެނޭ ގާތް މީހުންނާއެކު ނަތައްޔާހޫ މަރާލުމުގެ މަސައްކަތާ ބެހޭގޮތުން ވާހަކަދެއްކުމަށްފަހުގައިކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އޭނާގެ ކާކުކަން އަންގައިދޭ މަޢުލޫމާތާއި އެޑްރެސް ވަނީ ކޯޓު އަމުރަކުން ހާމަނުކުރުމަށް އަންގާފައެވެ.

Ad
rt

މި ތުހުމަތުކުރެވޭ މީހާއަކީ، ފާއިތުވި މަސްތަކުގައި ނަތަންޔާހޫ މަރާލަން މަސައްކަތްކުރި ކަމަށް ނުވަތަ އެކަމަށް ހިތްވަރުދިން ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރެވުނު އިޒްރޭލުގެ އެތައް މީހުންގެ ތެރެއިން އެންމެ ފަހުގެ މީހާއެވެ.

2024 ވަނަ އަހަރު، ގިނަ ބަޔަކަށް ނަތަންޔާހޫ އާއި އިސްރާއީލުގެ އެހެނިހެން އިސް މަޤާމުތަކުގައި ތިބި އަދި ކުރީގެ އިސްވެރިން މަރާލަން މަސައްކަތްކުރި ކަމުގެ ތުހުމަތު ކޮށްފަވެއެވެ.

އީރާނުން ވެސް އިޒްރޭލުގެ ޖާސޫސުންގެ ވިއުގައެއް އުފެއްދުމުގެ ފުޅާ މަސައްކަތުގެ ތެރެއިން އިސްރާއީލުގެ އިސްވެރިން މެރުމުގެ މަސައްކަތްތަކަށް މީހުން ހޯދަން މަސައްކަތްކޮށްފައިވާކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.

މިފަހަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ، އެހެން އިހުތިޖާޖުކުރާ މީހުންނާއެކު ހަތިޔާރު ހޯދުމާއި ނަޔަންޔާހޫގެ ސަލާމަތީ ކަންކަމާ ބެހޭ މަޢުލޫމާތު ހޯދުމާ ބެހޭގޮތުން ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކޮށްފައިވާއިރު، އޭނާއަށް ތުހުމަތުކޮށްފައި ވަނީ ގޮވާ އެއެއްޗެއް ބޭނުންކޮށްގެން ނަތަންޔާހޫ މަރާލަން ރޭވި ކަމަށެވެ.

ބުދަ ދުވަހުގެ ރޭ، ވައިނެޓުން ރިޕޯޓުކުރި ގޮތުގައި، އެ އަންހެން މީހާ އަށް ފަރުވާނުކުރެވޭ ބައްޔެއް ޖެހިފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ތަޙުޤީޤަކަށް ހަވާލާދީ އެ ނޫހުން ރިޕޯޓުކުރި ގޮތުގައި، އޭނާގެ ބަލި ދެނެގަތުމަށްފަހު ނަތަންޔާހޫ މަރާލުމުގެ ރޭވުންތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

"ބީބީ (ނެތަންޔާހޫ) އަހަރެންނާއެކު ކަށްވަޅަށް ގެންދާން" މިފަދައިން އެމީހާ ބުނެފައިވާ ކަމަށް ވައިނެޓުން ރިޕޯޓުކޮށްފައިވެއެވެ.

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެއް އަދި ޝިން ބެޓް ސެކިއުރިޓީ ސަރވިސްގެ ކުރީގެ އޭޖެންޓެއް ކަމަށްވާ ގޮނެން ބެން އިޒްހަކަށް މި ރޭވުންތަކުގެ މަޢުލޫމާތު ލިބުމުން، އޭނާ އެކަން އިސްރާއީލްގެ އޮތޯރިޓީތަކަށް އަންގާފައިވާ ކަމަށް ވައިނެޓުން ބުނެފައިވެއެވެ.
 ޝިން ބެޓުން އެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރި އިރު، އޭނާއާ ސުވާލުކޮށްފައިވަނީ ފުލުހުންގެ ބޮޑެތި އަދި ބައިނަލްއަޤްވާމީ ކުށްތަކާބެހޭ ޔުނިޓުންނެވެ.

އިސްރާއީލްގެ ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި އޭނާ ވަނީ ތުހުމަތުތަކަށް ކޮންމެވެސް ވަރަކަށް އިޢުތިރާފުވެފައެވެ. 
އޭގެ ފަހުން އޭނާ ދޫކޮށްލެވިފައިވަނީ ނަތަންޔާހޫ އާއި ސަރުކާރުގެ އިމާރާތްތަކާ ކައިރިނުވުމުގެ އަމުރެއް ނެރެގެންނެވެ.

ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ޖިނާއީ އަދި ޓެރަރިޒަމްގެ ދަޢުވާތައް އުފުލުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ. އޭނާގެ ދިފާޢީ ވަކީލުން، ދަޢުވާ އުފުލުމާ ހަމައަށް ކަންއަށް އެއްވެސް ކޮމެންޓެއް ދޭން އިންކާރުކޮށްފައިވެއެވެ.

ނަތަންޔާހޫ ވަނީ ތަކުރާރުކޮށް އޭނާގެ ސިޔާސީ ފާޑުކިޔާ ފަރާތްތަކުން އޭނާއާއި އޭނާގެ އާއިލާއާ ދެކޮޅަށް ރުޅިއެރުވުމުގެ މަސައްކަތްކުރާ ކަމަށް ބުނެފައެވެ. އޭނާ ވަނީ މި ރުޅިއެރުވުމުގެ މަސައްކަތްތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ޢަދުލު އިންސާފުގެ ނިޒާމާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، އެޓަރނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާއަށް ބަދުނާމުކޮށްފައެވެ.

1995 ވަނަ އަހަރު އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިޒްހަކް ރަބިން މަރާލަން މަގުފަހިކުރި ރުޅިއެރުވުމުގެ މަސައްކަތްތަކަށް އެ ގައުމުގެ ވައަތު ފިޔާގެ މީހުންނަށް އަހަރުތަކެއްވަންދެން ހިތްވަރުދިންކަމުގެ ތުހުމަތު ކުރިން ވަނީ ނަތަންޔާހޫގެ މައްޗަށް ވެސް ކުރެވިފައެވެ. އަދި އެ މަރުގެ ސަބަބަކަށްވި ގޮވާގޮވުންތަކުގެ ސިޔާސީ މާޙައުލު އުފެއްދުމަށް އެހީތެރިވި ކަމަށް ވެސް ނަތަންޔާހޫގެ މައްޗަށް ތުހުމަތުކުރެވެއެވެ. އޭނާ ވަނީ މިފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ. 
އޭނާގެ ވާދަވެރިން ވެސް އޭނާއަށް ތުހުމަތުކުރަނީ، އޭނާ ސީދާ ގޮތުން ނުވަތަ އޭނާއަށް ވަފާތެރި މީހުން މެދުވެރިކޮށް، ޤައުމުގެ މެދުމިނުގެ-ވައަތު ފިޔައިގެ މީހުންނާ ދެކޮޅަށް ގަވާއިދުން ރުޅިއެރުވުމުގެ މަސައްކަތްކުރާ ކަމަށެވެ.