މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ.

Ad
rt

ކަރަންޓް ދިނުމުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ސްޓެލްކޯއިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

''މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.'' ސްޓެލްކޯއިން ބުނެފަވެއެވެ.