ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫގައި "ފުއްޓަރު އުފާ" ނަމުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ.

މި މަޝްރޫޢަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

Ad
rt

އިހަވަންދޫ ޑައިލިސިސްގެ ޚިދުމަތް ފަށައިފި

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރަށުގެ އިސް ވެރިންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިހަވަންދޫ އާމިނާދިޔޯ މަރުކަޒުގައި އަލަށް ފަށާ ޑައިލިސިސް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ރޯދަ މަހުގެ ކުރިން އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފައްޓަވައި ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 29 ޖެނުއަރީ 2025 ގައި އެރަށަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ.