ހއ. އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ރޯދަ މަހުގެ ކުރިން ހއ. އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 29 ޖެނުއަރީ 2025 ގައި އެރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައެވެ.

Ad
rt

ރައީސްގެ މިއަދުފުޅު މިއަދު ފުއްދަވައި، މި ޚިދުމަތް އިހަވަންދޫގައި ފައްޓަވާފައިވާއިރު، މިކަމަށް މިއަދު އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ޑައިލިސިސްގެ ޚިދުމަތް މިއަދު ފަށާފައި ވަނީ 3 އެނދުގެ ޔުނިޓަކާއެކުގައެވެ. މީގެ ތެރެއިން އެއް އެނދު ޚާއްސަކޮށްފައިވަނީ ޕޭޝަންޓުން އައިސޮލޭޓްކޮށްގެން ފަރުވާދޭން ޖެހޭ ބަލިމީހުންނަަށެވެ.

ރޯދަ މަހުގެ ކުރިން އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށަނީ

އިހަވަންދޫ އަށް ނިސްބަތްވާ ޑައިލިސިސްގެ ޚިދުމަތް ހޯދާ 9 މީހަކު މިވަގުތުވެސް ތިބިއިރު، މީގެ ތެރެއިން 6 މީހަކު މި ޚިދުމަތް ހޯދަމުންދަނީ މާލެއިންނެވެ. އަނެއް 3 މީހުން މި ޚިދުމަތް ހޯދަން ދާންޖެހެނީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އެހެންކަމުން މި ފަރާތްތަކާއި، އިހަވަންދޫ އާއި އިންވެގެން އޮންނަ ރަށްތަކުން މި ޚިދުމަތަށް ބޭނުންވާ މީހުންނަށް ވެސް މި ޚިދުމަތާއެކު ޚަރަދާއި، ވަގުތާއި، އަދި ޖިސްމާއީ ފަސޭހަކަން ލިބިގެންދާނެއެވެ.

އިހަވަންދޫގައި އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންދާ ލެވެލް 4 ގެ ޞިއްޙީ މަރުކަޒެކެވެ.