ހއ. ދިއްދޫގެ އުތުރު ބިން ހިއްކާފައިވާ ސަރަހައްދުގައި ފުޓްސަލް ކުޅޭނެ ދަނޑެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިއްދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
މިކަމަށް ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައި ވަނީ 17 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 25 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 14:00 އަށެވެ.
ރަޖިސްޓަރ ވުމަށް އެދި ފޯމް ހުށަހަޅަޅަން ޖެހެނީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ނުވަތަ info@hadhidhoo.gov.mv އަށް މެއިލް ކޮށްގެންނެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 5 މާރިޗު 2025 ވާ ބުދަ ދުވަހުގެ 10:30 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ.
މިކަމަށް ހުށަހަޅާ ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައިދާ ފަރާތުގެ ހާޒިގަައި ކަމަށް ދިއްދޫ ކައުންސިލުން ބުނެފަވެއެވެ.
ދިއްދޫއަކީ ފުޓްބޯޅަ އާއި ފުޓްސަލް، ވޮލީ ފަދަ ކުޅިވަރުތަކުގައި ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!