ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގެ ކިޔެވުން ފަށައިފިއެވެ.
މި ކުލާހުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުށަހެޅި 30 ބައިވެރިންނާއިއެކު ކުލާސްތައް ފަށާފައިވާއިރު، މި ކުލާސްތައް ކުރިއަށް ގެންދަނީ އެ ރަށު އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުލް ހަޟާރާތުގައެވެ.
މިސްކިތު ގާރީ ކުލާސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ތަޖުވީދުގެ މުހިންމު ހުކުމްތައް ދަސްކޮށްދިނުމެވެ.
މިސްކިތު ގާރީ ކްލާސްތައް އަމާޒު ކުރެވިފައި ވަނީ އުމުރުން 10 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މި ކުލާހުގައި ބައިވެރުވުމުގެ ޝަރުތުތަކުގެ ތެރޭގައި ބަލައިގެން ރަނގަޅަށް ޤުރުއާން ކިޔަވަން އެނގޭކުއްޖަކަށް ވާން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!