އުރީދޫ މޯލްޑިވްސްގެ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކާމިޔާބީ، ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން ފަޚުރުވެރިކަމާއެކު އިޢުލާންކޮށްފިއެވެ. 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ އަޅުގަނޑުމެންގެ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިފަދަ ތަމްރީނު ފުރުސަތަކީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކުން ހޯދައިދީފައިނުވާ ފުރުސަތެކެވެ..
ކޮންމެ އަހަރަކުވެސް އުރީދޫގެ އުއްމީދީ ދެ ލީޑަރުން މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމު ތަކެއް ގެނެސްދެ އެވެ. މި އިނީޝިއޭޓިވްގެ ސަބަބުން، ހުނަރުވެރިން ތަރުބިއްޔަތުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަޤީންކަން ލިބިގެންދެއެވެ.
"އަޅުގަނޑުމެންގެ އުރީދޫ ޓީމުން މިޝަރަފުވެރި ހާވާޑް ލީޑާޝިޕް ޕްރޮގްރާމިން ގްރެޖުއޭޓް ވެފައިވާ ދަރިވަރުން އަދި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. މި ސްޓާފުންނަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ކުންފުނީގެ މުސްތަޤްބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑަރޝިޕް ޑިވެލޮޕްމަންޓަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަމަކީ ފާހަގަ ކުރަންޖެހޭ ކަމެކެވެ. އުރީދޫގައި، އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ފަރާތްތައް އިނޮވޭޝަނާއި އެކްސެލެންސް އަށް މަގުފަހިވެގެންދާނެ ގޮތް ބަލާނެ ކަމަށް އުއްމީދު ކުރަން." އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި އުރީދޫ ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ
އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ހިންގުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ. އަޅުގަނޑުމެންގެ ދަސްވެނިންނާ މެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތް."
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫގެ ކުރިއެރުމަކީ މުވައްޒަފުންގެ ކުރިއެރުމެވެ. މި ޝަރަފުވެރި ޕްރޮގްރާމަކީ އަމިއްލަ ކުރިއެރުމަށް އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ޓްރާންސްފޯމޭޓިވް އެކްސްޕީރިއަންސެއް."
ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް ވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!