ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މުޢިއްޒު މުޢިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ.

Ad
rt

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު މި ނިންމެވުން ނިންމަވާފައިވާއިރު ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

އޭގެ ތެރޭގައި ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނާއި އަދި ޤައުމީ ބައެއް ކުޅިވަރު ޖަމްޢިއްޔާތައް ހިމެނެއެވެ.

ވޭޕް ކުރުމަކީ ރާއްޖޭގެ ދެ ޖިންސުގެ ޒުވާން އާބާދީން ފެށިގެން ދޮށީ އުމުރަށް ވެސް ވަރަށް ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ސިއްޙީ ޢަމަލެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީ މަަސައްކަތްތެރީންގެ އާބާދީގައި ވެސް މިކަން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.