ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް މަރުކަޒެއް އަޅަން ސައޫދީ އަރަބިއްޔާގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީއިން ޝައުގުވެރިކަންފާޅުކޮށްފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ، ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް" ގެ ނަމުގައި މަރުކަޒެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެ ވުޒާރާއާއި ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

Ad
rt

މި މަޝްވަރާގައި ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ވަނީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް މަރުކަޒެއް ގާއިމުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމުގައި މި މަރުކަޒުގެ ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ކޯސް އެކްރެޑިޓްކުރުމާއި ގުޅޭގޮތުން އެ ޔުނިވާސިޓީން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ވެސް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ، މި މަރުކަޒު ރަޖިސްޓްރީކުރުމުން ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އާއި ދިވެހި ސަރުކާރުން ވެސް ދެކޭކަމަށެވެ.

''ސަޢުދީ އަރަބިއްޔާގެ ޔުނިވާސިޓީއަކާއި ގުޅިގެން، މިދަފަ ތަޢުލީމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް، އަދި މި އިންސްޓިއުޓަކީ އަރަބި ބަސް އުގެނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރު ދަރިވަރުންނަށް ވެސް ހުޅުވިފައިވާ ފުރުސަތަކަށްވާނެ'' މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފަވެއެވެ.