އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.
މިއަދު އިމިގްރޭޝަނުން ފޮޓޯ ޢާންމުކޮށް، އެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ، ރޯހިތް ކުމާރު (33އ) އާއި ގުރުޖަންތް ސިންގް (24އ) އަދި ޝަމްޝޭން އަލަމް (35އ) އަށެވެ.
https://x.com/immigrationmv/status/1791783044086727013?s=52
އެ ތިން މީހުންނަށް އިމިގްރޭޝަނުން އަންގާފައިަނީ ކުރިއަށް އޮތް ރަސްމީ ފަސްދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށެވެ.
އެ މީހުން އިމިގްރޭޝަނަށް ހާޒިރު ވާން އެންގި ސަބަބެއް އިމިގްރޭޝަނުން ހާމަ ކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!