މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ، މަޖީދީމަގު ފަސޭހަ ޕޮއިންޓް ހޮޓާ ކައިރީ ހުރި އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

Ad
rt

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހަވީރު 18:07 ހާއިރު ކަމަށް އެތަނުން ބުންޏެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާއިރު، ދުމުގެ އަސަރު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައެވެ.