ހއ.ދިއްދޫ، ޝެހެނާވިލާ އައިމިނަތު ޝިޢުރާ އިބްރާހީމްއަކީ އެންމެ ކުޑައިރުއްސުރެ ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރަމުން އައި ކުއްޖެކެވެ. މުބާރާތްތަކުގައި ވާދަކޮށް ލިބެންފެށި ކާމިޔާބީތަކާއިއެކު ޤުރުއާނުގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމުގެ ޝައުގު އޭނާގެ ހިތުގައި ވަނީ އިތުރުވެގެން ގޮސްފައެވެ.
ޝިޢުރާ މި މުބާރާތާއި ކުރިމަތިލާއިރު، ރަނގަޅު ވަނައެއް ހޯދައި އޭނާ އުފަން ރަށަށް ރީތި ނަން ހޯދައިދިނުމަކީ މުބާރާތުގައި ވާދަކުރުމުގެ އެއް މަގުސަދެވެ.
ޝިޢުރާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި ގިނަ މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.
ޝިޢުރާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 2014 ވަނަ އަހަރު ބޭއްވި ޖަމިއްޔާގެ 2 ވަނަ ޤުރްއާން މުބާރާތުން 7 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލާ ކިޔެވުމުން 1 ވަނަ ، ކައުންސިލް މުބާރާތުން 7 އަހަރުން ދަށުން 3 ވަނަ
- 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ބޭއްވި ޤުރްއާން މުބާރާތުން 9 އަހަރުން ދަށުން 2 ވަނަ
- 2016 ވަނަ އަހަރު ޗޭނު ޖަމިއްޔާގެ 4 ވަނަ ޤުރްއާން މުބާރާތުން 9 އަހަރުން ދަށުގެ އުމުރު ފުރާއިން 2 ވަނަ
- 2017 ވަނަ އަހަރު ދިއްދޫ ކައުންސިލްގެ 7 ވަނަ މުބާރާތުން 11 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލާ ކިޔެވުމުން 2 ވަނަ، މުޅި މުބަރާތުން 2 ވަނަ
- ޗޭނު ޖަމިއްޔާގެ 5 ވަނަ މުބާރާތުން 11 އަހަރުން ދަށުގެ 2 ވަނަ
- 2017 ވަނަ އަހަރު ސްކޫލް ޤުރްއާން މުބާރާތުން 11 އަހަރުން ދަށުން ނުބަލާ ކިޔެވުމުގެ 2 ވަނަ
- 2018 ވަނަ އަހަރު ސްކޫލް ޤުރްއާން މުބާރާތުން ހިތުން ކިޔުމުގެ ބައިން ވިދިވިދިގެން 2 ފޮތުން ކިޔަވައިގެން 1 ވަނަ، މުޅި މުބާރާތުން 1 ވަނަ
- 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ބޭއްވި މުބާރާތުން އުމުރުފުރާއިން 1 ވަނަ، ގޮފިން 2 ވަނަ
- 2019 ވަނަ އަހަރު ޕީ.އެސް.އެމް ކުޑަކުދިންގެ ޤުރްއާން މުބާރާތުން ހިތުދަސްކޮއްގެން ކިޔެވުމުގެ ގޮފިން 10 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާއިން 3 ވަނަ
- 2019 ވަނަ އަހަރު ކައުންސިލް މުބާރާތުން ނުބަލާ ކިޔެވުމުން 2 ވަނަ
- 2020 ވަނަ އަހަރު ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރްއާން މުބާރާތުން އުމުރުފުރާއިން 2 ވަނަ، ގޮފިން 3 ވަނަ، މުޅި މުބާރާތުން 3 ވަނަ
- 2021 ވަނަ އަހަރު ޗޭނު ޖަމިއްޔާގެ 8 ވަނަ ޤުރްއާން މުބާރާތުން އުމުރުފުރާއިން 2 ވަނަ، ގޮފިން 2 ވަނަ، މުޅި މުބާރާތުން 3 ވަނަ
- 2021 ވަނަ އަހަރު ބޭއްވި މިޑްލް ސްޕޯޓްސް ކުލަބްގެ 1 ވަނަ މުބާރާތުން 16 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ، މުޅި މުބާރާތުން 2 ވަނަ
- 2022 ވަނަ އަހަރު ޗޭނު ޖަމިއްޔާގެ 9 ވަނަ ޤުރްއާން މުބާރާތުން އުމުރުފުރާއިން 2 ވަނަ، ގޮފިން 2 ވަނަ އަދި މުޅި މުބާރާތުން 2 ވަނަ
- 2022 ވަނަ އަހަރު ބޭއްވި ހއ.ދިއްދޫ އުދަރެސް އަލްމަރްހޫމާ ޚަދީޖާ މުޙައްމަދާއި އަލްމަރްހޫމް ޢިސްމާޢިލް މުޙައްމަދުގެ ހަނދާނުގައި ބޭއްވި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 15 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ، ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
- ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް ކްލަބުން އިންތިޒާމް ކޮއްގެން ބޭއްވި ނޫރު ޤުރްއާން މުބާރާތުން 16 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 1 ވަނަ
- 2022 ވަނަ އަހަރު ރަމަޟާން މަހު މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮއްގެން ކުރިޔަށް ގެންގޮސްފައިވާ އަލިގަދަތަރި ޤުރްއާން ކިޔެވުމުގެ މުބާރާތުން 1 ވަނަ
- 2022 ވަނަ އަހަރު ކައުންސިލުން ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 10 ވަނަ މުބާރާތުން 16 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 3 ވަނަ
މުބާރާތަށް ހޮވުނު ލިޔުމާއި ޝިޢުރާ ހަވާލުވަނީ،
ޝިޢުރާއަކީ ލިބޭ ހުސްވަގުތުގައި ސްކޫލުންދޭ ފިލާވަޅުތައް ހެދުމުގެ އިތުރުން ޤުރުއާން ކިޔެވުމާއި ވާހަކަ ކިޔުމުގައި ހޭދަކުރާ ކުއްޖެކެވެ. ޤުރުއާން ކިޔެވުމުގައި މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންނާއު މުދައްރިސުންނާއި އެކުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަ ކުރެއެވެ.
މި މުބާރާތުން އެއްވަނައާއި ހިސާބަށް ވާސިލް ނުވެވުނު ނަމަވެސް މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނުމަކީ ޝިޢުރާގެ އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!