އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އާއިޝަތު ނަހުލާ، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.
ނަހުލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިކަން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން އޭނާގެ ކެންޑިޑެންސީ އީސީން ޤަބޫލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
''އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވި، އަޅުގަނޑު ގެ ލޮބުވެތި މައިންބަފައިންނަށް ޝުކުރުއަދާކުރަން.'' ނަހުލާ ވިދާޅުވެފަވެއެވެ.
ٱلْحَمْدُ لِلَّٰهِ ، ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރުމަށް, މާތްﷲ ގެވާގިފުޅާއިއެކު ހުށައެޅި ކެންޑިޑެންސީ މިއަދު އިލެކްޝަން ކޮމިޝަނުންވަނީ ގަބޫލު ކުރައްވާފަ. އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވި ، އަޅުގަނޑު ގެ ލޮބުވެތި މައިންބަފައިންނަށް ޝުކުރުއަދާކުރަން. pic.twitter.com/glaXnZm6MN
— Aishath Nahula (@aishath_nahula) February 12, 2024
ނަހުލާ މަޖިލީހުގައި ވާދަކުރައްވަނީ އޭނާ ނައިބު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޖޭޕީގެ ޓިކެޓްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނަހުލާގެ ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް އިންތިޚާބުގައި ވާދަކުރެއްވުމަށް މާދަމާ އީސީ އަށް ފޯމު ހުށަހަޅުއްވާނެއެވެ. ޤާސިމް މިފަހަރު ވެސް ވާދަކުރައްވަނީ އޭނާ މިހާރު ވެސް ފުރުއްވަމުން ގެންދަވާ ގޮނޑި ހިމެނޭ މާމިނގިލީ ދާއިރާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!