ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކާތީ އެތަނުގައި އަޅާފައިވާ ކާގޯ އުޅަނދުތައް ނަގަން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެދިވަޑައިގެންފިއެވެ.
ފަޒުލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ސެކްޓަރ ބީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި އަޅާފައިވާ ކާގޯ އުޅަނދުތައް އެތަނުން ނަގަން އެދިވަޑައިގަންނަވާ ކަމަށެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަފިޔަވަހީގެ މަސައްކަތް ކުރިއަށްދާތީ އެތަނުން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އެކަމާއިގުޅިގެން އިތުރު މައުލޫމާތެއްވާނަމަ އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅައި، މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން އެދެއެވެ.
މިއީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!