އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ.
އަމީނީ މަގުގެ 12 އަދި 13ގެ ސެގްމަންޓުގެ މަސައްކަތް ނިންމުމަށް އެ ސަރަހައްދު ވަނީ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެ ދެ ސެގްމަންޓުގެ މަސައްކަތް އިއްޔެ ހެނދުނު ވަނީ ފަށައިފައެވެ.
މި މަސައްކަތަށް ބަންދުކޮށްފައިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ އެމްޓީސީސީގެ އާރުޓީއެލް ބަހުގެ ދަތުރުތަކުގައި މުހިންމު ސަރަހައްދެކެވެ.
އެމްޓީސީސީންވަނީ ކުރިން ހުޅުމާލެ އާއި މާލެއާ ދެމެދުގެ ދަތުރުތައް، ދަރުމަވަންތަ ހޮސްޕިޓަލް ސަރަޙައްދާއި ވެސްޓް ޕާކު ބަސް ސްޓޮޕަށް ކުރި ނަމަވެސް މިހާރު އެ ދަތުރުތަކުގެ ފަހު ސްޓޮޕަކީ މާލޭ މާފަންނު ބަސް ޓާމިނަލް ކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި "އާރު 11" (އަމީނީ ރޫޓު) ގެ ދަތުރުތައް އަމީނީ މަގު ގޮސް ހަނދުވަރީ ހިނގުމުން އެޅުމަށްފަހު މަޖީދީ މަގަށް އަޅައިގެން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން "އާރު 10" ކަމުގައިވާ އޯކިޑު ރޫޓުގެ ދަތުރުތައް މަޖީދީމަގުން ގޮސް ވެސްޓް ޕާކު ސްޓޮފުން އަނބުރާލާގޮތަށް ބަސް ރޫޓުތަކަށް ބަދަލުގެނެސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!