އެސްޓީއޯގެ ޗެއާޕާސަނަކަށް އާމިރު މަންސޫރު ހަމަޖައްސައިފިއެވެ.
އާމިރު މަންސޫރަކީ ލިލީ އެފްއެމްބީގެ މެނޭޖިން ޑިރެކްޓަރެކެވެ.
އާމިރު މަންސޫރުގެ އިތުރުން މިއަދު ވަނީ އެސްޓީއޯގެ ބޯޑަށް މުހައްމަދު މުރާދު ވެސް އައްޔަނުކޮށްފައެވެ.
އައު ސަރުކާރާއެކު އެސްޓީއޯ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސަފައެވެ. އެގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ހަފްތާގައި ޝިމާދު އިބްރާހީމް ވެސް ވަނީ އައްޔަންކޮށްފައެވެ.
އެސްޓީއޯގެ ބޯޑުގައި ޗެއާމަންގެ އިތުރުން ހަ ޑިރެކްޓަރުން ތިބެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުން ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!