މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،703،204 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 12.9 އިންސައްތަ އިތުރު އަދަދެކެވެ.

Ad
rt

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 1.5 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެ ގައުމުން 193،269 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއި އިންޑިއާ އިން 185،987 ފަތުރުވެރިން ޗައިނާ އިން 176،803 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 139،867 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރަށް ސަރުކާރުން ލަފާކޮށްފައިވަނީ 1.9 މިލިއަން ފަތުރިވެރިން އަންނާނެ ކަމަށެވެ. ނަމަވެސަ ބަޖެޓުގައި ހިމަނައިފައިވަނީ 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު 5000 ފަތުރުވެރިން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.