ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި، ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުންނެވި މަރިޔަމް ހަބީބު (މަރީ) ހަމަޖައްސައިފިއެވެ.
މަރީ އަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ނޮޅިވަރަމް ސިއްހީ މަރުކަޒަށް ޢައްޔަނުކުރައްވާފައި ހުންނެވި ސިޔާސީ ވެރިޔާއެވެ. ކުރީ ސަރުކާރުގައި މަރީ ހުންނެވީ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސްގެ މަގާމުގައެވެ.
ރައީސް ޞާލިޙްގެ ސަރުކާރު ނިމުމާއެކު މަރީ ޢައްޔަނުކޮށްފައިވާ މަޤާމުވެސް ނިމުމަކަށް އައިސްފައިވަނިކޮށް، މަރީ އަލުން ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހަމަޖެއްސެވުމުން މަރީ މިއަދު ވަނީ ވަޒީފާއަށް ނުކުންނަވާފައެވެ.
ނޮޅިވަރަމް ސިއްހީ މަރުކަޒުގެ އެގްޒެކްޓިވް ޑިރެކްޓަރުގެ ގޮތުގައި މަރީ އަލުން އެތަނާއި ހަވާލުވުމުން ސިއްހީ މަރުކަޒުން ވަނީ މަރުޙަބާ ކިޔާފައެވެ.
ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް އެދިއްޖެ
ސިއްހީ މަރުކަޒުތަކަށް ސިޔާސީ ވެރިން ޢައްޔަނުކުރަން ފެއްޓެވީ ރައީސް ޢަބުދުﷲ ޔާމީންގެ ސަރުކާރުން ފެށިގެންނެވެ.
ސިއްހީ މަރުކަޒުތަކުގެ އިތުރުން، ރަށްރަށުގެ ހޮސްޕިޓާ، ޒުވާނުންގެ މަރުކަޒު ފަދަ ތަންތަނަށް ވެސް ރައީސް ޢައްޔަނުކުރާ ސިޔާސީ މަގާމުތަކުގެ ގޮތުގައި އަންނަނީ މީހުން ހަމަޖައްސަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!