ހދ. އަތޮޅުގެ ސިއްހީ މަރުކަަޒަށް ދިމާވެފައިވާ ދަތިތައް ބަޔާންކޮށް، އެކަންކަން ހައްލުކޮށް ދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އިއްޔެ ރިޕޯޓެއް އަރުވައިފިއެވެ.
މި ރިޕޯޓަކީ ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެ އިސް ނެންގެވުމުގެ މަތިން އެކުލަވާލައިފާ ރިޕޯޓެކެވެ.
މި ރިޕޯޓު ރައީސް އަތްޕުޅަށް އެރުވީ ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ސިއްހީ މަރުކަޒަށް ރައީސް އައްޔަނު ކުރަށްވާފައިވާ އިސްވެރިޔާ، ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، މަރިޔަމް ހަބީބެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިޕޯޓުގެ މައިގަނޑު މަގްސަދަކީ، ޚުލާސާގޮތެއްގައި މަރުކަޒުތަކުގެ ހާލަތާއި، އަދި މަރުކަޒުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ކަންކަން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ހައްލު ހޯދުމެވެ. އަދި އުންމީދަކީ އެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމަށް ރިއާޔަތްކޮށް އެކަންކަމަށް ހައްލު ހޯދައިދިނުން ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފަ ވެއެވެ.
މީގެ އިތުރުން ރިޕޯޓުގެ ސަބުން މަރުކަޒުތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ސިއްހީ ނިޒާމަށް ހެޔޮބަދަލު އަންނަމުންދާކަށް ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަކީ ވެސް މި ރިޕޯޓު އެކުލަވާލުމުގެ މަޤްސަދެކެވެ.
މި ރިޕޯޓުގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި މަރުކަޒުތައް ދަރަޖަ ކުރުމުގެ ކަންކަމާއި، މުވައްޒަފުންގެ ދަތިކަމާއި، މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޖާގައި ދަތިކަމާއި އަދި ބަޖެޓާއިގުޅޭ ކަންކަން ހިމެނެއެވެ.
އެ ރިޕޯޓު އެކުލަވާލާފައި ވަނީ ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެ މަޝްވަރާއާއެކު އެވެ. އަދި މި ރިޕޯޓުގައި ހިމަނާފައިވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދޭން އެދޭކަމަށް އެ ރިޕޯޓުގައި ބުނެފަ ވެއެވެ.
މި ރިޕޯޓު އެކުލަވާލި ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެތެރޭގައި ހިމެނެނީ، މަކުނުދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، ހާމިދު އިބްރާހީމާއި، ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، މަރިޔަމް ހަބީބާއި، ވައިކަރަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، އިބްރާޙީމް މުޙައްމަދާއި، ނެއްލައިދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، ޙުސައިން ރިޔާޟާއި، ކުމުންދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، ޖައިލަމް ސާހާއި، ނޭކުރެންދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، އާދަމް ފިޔާޒާއި، ކުރިނބީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، ފާތިމަތު ނުޒުފާއާއި އަދި ނައިވާދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، ޙަސަން ސިޔާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!