ދިވެހި ފުޓްބޯޅަ ލެޖެންޑް، ރާއްޖޭގެ ގައުމީ ޓީމަށާއި، ފުރަތަމަ ޑިޥިޝަން ގިނަ ޓީމްތަކަކަށް ކުޅެފައިވާ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ.
އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ''ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ'' ގެ ނަމުގައި ކުރިއަށް ގެންދާ ފޯރިގަދަ މި ފުޓްސަލް މުބާރާތަކީ ހުރާގައި ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ދިގު މުއްދަތެއް ފާއިތުވުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް (ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ) ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރާއިރު، އޭގެ ތެރޭގައި ހުރާގެ ފަސް ޓީމުގެ އިތުރުން ހުރާ ކައިރީގައ އޮންނަ ފޯސީޒަން ކުޑަ ހުރާގެ ޓީމަކާއި، ކުލަބު މެޑް ކަނިފިނޮޅުން ވެސް ޓީމެއް ވަނީ ބައިވެރިވެފައެވެ.
ހުރާގެ މިނީ ފުޓްބޯޅަ ދަނޑުގައި ރޭ ފެށި މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަސްއަދު އަބުދުލްޣަނީއެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން އަސްދުގެ ވާހަކާގައި ހުރައަކީ ވަރަށް ގިނަ ފުޓް ބޯޅަ ކުޅުންތެރިން އުފެދުނު ފުޓް ބޯޅައިގެ ރަށެއްކަމާއި، އަދިވެސް އެފަދަ ހުނަރުވެރި ކުޅުންތެރިން ތަކެއް އުފެދި ފުޓްބޯޅައަގެ ފޯރި މިރަށުން ފެނިގެން ދާނޭކަމަށް އުއްމީދު ކުރައްވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން މިއަދު ހުރާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކު އިސްނަންގަވައިގެން މި ފެށި މިބާރާތުން މިކަން ހާމަ ކޮށްދޭކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
އައްޔަ، މުބާރާތުގެ ސްޕޮންސަރަކަށް ލިޔުން ހަވާލުކުރަނީ،
މި މުބާރާތުގެ ރޭ ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލްކުރީ ޓީމު ޖޯކާސް އާއި ޓީމު ފުރެންޓްސް އެވެ. މި މެޗު ހައެއް އެކަކުން ކާމިޔާބު ކުރީ ޓީމު ޖޯކާސް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޯލަޑަން ފުޓްސަލް މުބާރާތުގައި ހއ. އުތީމު ޓީމުން ވިދާލި އަދި ރިސޯޓް ފުޓްސަލް މުބާރާތް ތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުޙައްމަދު މަޒީން (ޗޮޮޕޭ) އެވެ.
ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ މަޒީނަށް ޝަރަފްވެރޮ މެހްމާން އައްސަދު އިނާމު ހަވާލުކުރަނީ
ރޭ ކުޅެވުނު ދެވަނަ މެޗްގައި ބައްދަލުކުރީ ފޯސީޒަން ކުޑަހުރާގެ ޓީމު ''އަފިރިން'' އާއި ޓީމް ''ފޯޓީޓޫ'' އެވެ. މި މެޗް ދިހައެއް އެކަކުން ކާމިޔާބު ކުރީ ޓީމު އަފިރިން ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމު އަފިރިންގެ ހަސަން މަޢުރޫފެވެ.
މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ޓީމް މަންފާ އާއި ޓީމް ތްރީޑީ އެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލްކުރާނީ ޓީމް ރަންމާ އާއި ޓީމް ކުލަބުމެޑް އެވެ. މިރޭގެ ކުޅުން ފެށޭނީ ރޭގަނޑު 20:15 ގައެވެ.
މި މެޗް " ހުރާ އައްޔަ ފުޓްސަލް ފިއެސްޓަރ" މި މިޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!