އެމްޑީޕީގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ)ގެ ނަން ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.
އެ މަގާމަށް ވާދަކުރެއްވުމަށް އެމްޑީީޕީގެ 3 މެންބަރަކު ކުރިމަތިލެއްވިއިރު، ޕީޖީން މިއަދު ނެގި ވޯޓު ސައްލެ ކާމިޔާބު ކުރެއްވީ 26 ވޯޓު ހޯއްދަވައިގެންނެވެ.
ސައްލެ އާއި އެންމެ ގާތުން ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް 23 ވޯޓު ލިބުނުއުރު، ދެން އެކަމަށް ކުރިމަތިލެއްވި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރަށް ލިބުނީ 4 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އީވާ އަބުދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގެ ނައިބު ރައީސް ހޮވަން ބާއްވާ ޖަލްސާ އޮންނާނީ މިރޭ 20:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!