ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ.
ޑރ. މުޢިއްޒަށް ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ޑރ. މުހަންމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަމުގެ 55 އަހަރުގެ ހަޔާތުގައި ރާއްޖޭގެ 8 ވަނަ ރައީސް އެވެ.
ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރި މަރުޙަބާ ދަންނަވަން. އަދި، ވެރިކަމުގެ މި ފެށޭ ދައުރުގައި މަނިކުފާނަށް ކާމިޔާބީއަށް އެދެން.
— Ibrahim Mohamed Solih (@ibusolih) November 17, 2023
މުޢިއްޒު، ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާއެކު ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ މުޢިއްޒަށާއި، އައު ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓް މިރޭ ހުވާކުރައްވަން ހަމަޖެހިފައިވާއިރު، ރައީސް އޮފީހުގެ އިސް މަގާމުތައް ވެސް މިރޭ ހަމަޖައްސަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!