ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ.
މާލޭގެ ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މި ޖަލްސާއަށް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަރީ 16:40 ހާއިރުއެވެ.
މުޢިއްޒު ވަޑައިގަތުމާއެކު ޤައުމީ ސަލާމަށްފަހު، ކީރިތި ޤުރްއާންގެ ބަރަކާތުން ޖަލްސާ ވަނީ ފެށިފައެވެ.
މުޢިއްޒު ހުވާކުރެއްވުމަށްފަހު ހުސައިން މުޙައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބުކަމުގެ ހުވާ ކުރައްވާނެއެވެ.
މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މިއަދުގެ ހަލްސާއަށް ވަޑައިގަންނަވަނީ،
މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ 81 މެންބަރުންކަމަށާއި، ސަލާމްގައި އެއް މެންބަރަކު ހުންނެވިކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ޢިއުލާން ކުރައްވާފައެވެ.
މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު، އެމަނިކުފާނުގެ ތަގްރީރުދެއްވުން އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!