ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން "ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ.
މި މުބާރާތް ރާވާ ހިންގުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރަން ޖެހެއެވެ. ބިޑް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ 10:30 ގައި ސިޓީ ކައުންސިލް އިދާރާގައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!