މޯލްޑިވިއަން ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން އަހަރު ނިންމާ "އިޔާ އެންޑް ލީސް ޕްރޮމޯ" ފެށިގެން ކުރިއަށްދާއިރު ކުޅުދުއްފުށި ބްރާންޗްގައިވެސް ކުރިއަށް ދާނެކެމަށް އެކުން ފުނިން ބުނެއެވެ.
މި ޕްރޮމޯ ނޮވެމްބަރު 15 އިން އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯ އަމާޒު ކޮށްފައިވަނީ އެމްއެފްއެލްސީގެ ކަސްޓަމަރުންގެ އިތުރުން އައު ކަސްޓަމަރުންނަށެވެ. އެހެންނަަވެސް މި ޕްރޮމޯޝަން ލިބިގެންދަނީ ހަމައެކަނި ކޮންސިއުމާ ފައިނޭންސް ޕްރޮޑަކްޓް ތަކަށެވެ، މީގެ ތެރޭގައު ލައިފްސްޓައިލް ލީސް، ހިޔާ ފަސޭހަ ލީސް، މޮޓޯ ސައިކަލް ލީސް އަދި ޑައިރެކްޓް ލީސް ހިމެނެއެވެ.
މިހާރު ކުރިއަށްދާ ޕްރޮމޯޝަނުގައި ބައިވެރިގެން އަގުހުރި އިނާމް ތަކެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައިއެވެ. އެގޮތުން އެމްއެފްއެލްސީގެ މިހާރުގެ ކަސްޓަމަރުން އައިޑީކާޑާ އެކު، އެމްއެފްއެލްސީ އަށް ވަޑައިގެން ކޫޕަން ހޯދުމަށްފަހު ފަހު ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ. މި ގުރުއަތުގައި ހޮވޭ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓެ ދެ ފަރާތަކަށް ލިބިގެންދާނެއެވެ.
އަދި ހަމައެހެންމެ މި ޕްރޮމޯޝަންގެ ތެރެއިން ލީސް އަށް އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިން ތިން އިނާމެއް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައވެ. އެގޮތުން އެއްވަނަ އަށް ހޮންޑާ އެއާ ބްލޭޑް ސައިކަލެއް ލިބޭއިރު ދެވަނަ ފަރާތަށް މެކްބުކް އެއާ އެއް ލިބިގެންދާނެއެވެ. އަދި ތިންވަނަ ފަރާތށް ސަމްސަން 10+ އެއް ލިބޭނެއެވެ. އެހެންނަމަވެސް ގުރުއަތުގައި ބައިވެރިވުމަށް ކޫޕަން ލިބޭނީ 10،000 ރުފިޔާއިން މަތީގެ ލީސް ތަކަށެވެ. އަދި ކޮންމެ ޑައިރެކްޓް ލީސް އަކަށްވެސް ކޫޕަންއެއް ލިބޭނެއެވެ.
އެމްއެފްއެލްސީ އިން ބުނެފައިވާ ގޮތުގައި 60،000 ރުފިޔާއިން ދަށުގެ އެއްވެސް ލީސް އަކަށް ގެރެންޓާއެއް ބޭނުމެއްނުވާނެެވެ. އަދި ޑައުންޕޭމަންޓް އާއި ޑޮކުމެންޓޭޝަން ފީ ވެސް ދައްކާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް އައު ފެސިލިޓީތައް ޕްރޮސެސް ކުރުމަށް 100 ރުފިޔާގެ ކޮންސިޑެރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ.
އެމްއެފްއެލްސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލޯން ދޫކުރަ ކުންފުންޏެކެވެ. އެގޮތުން ސިވިލް ސާވިސް މުއައްޒަފުނަށާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރުން ސްޓޭޓް އިންސްޓިޓިއުޝަންގައި އުޅުއްވާ ފަރާތްތަކަށް ލޯން ދޫކުރެއެވެ. އެމްއެފްއެލްސީ އިން ދޫކުރާ ލޯން ތަކުގެ ތެރޭގައި ލައިފްސްޓައިލް ލީސް ގެ އިތުރުން ތަންތަން މަރާމާތުކުރުމަށް "ހިޔާ ފަސޭހަ" ލޯން ދޫކުރެއެވެ.
މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ހުޅުވިގެން ދިޔަ ކުޅުދުއްފުށި ބްރާންޗް އޮޕަރޭޝަން ފެށީ މެއި 12 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!