ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕޭނަށް މިއަދު ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ހދ. އަތޮޅުން މިއަދު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ހދ. ނޮޅިވަރަންފަރަށެވެ. މި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ރައީސްގެ ކެމްޕޭން ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް މީގެ ކުރިން ވެސް ވަނީ ކެމްޕޭނަށް ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ނ. ރ. ބ. ޅ. އއ. ވ، މ، ދ. ލ. ގއ. ގދ. އަދި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.
އަށް ކެންޑިޑޭޓުން ވާދަކުރައްވާ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!