ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ގާއިމްކުރާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތަކުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ.
މި އެއްބަސްވުމުގެ ދަށުން ހަތަރު މަޝްރޫއެއްގެ މަސައްކަތް ކުރުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. މި ހަތަރު މަޝްރޫއުގެ
ޖުމްލަ އަގަކީ 42.26 މިލިއަން ރުފިޔާއެވެ.
މި ހަތަރު މަޝްރޫއުގެ ތެރެއިން 2 މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް
ހަމަޖެހިފައިވަނީ ތިނަދޫގައެވެ. އަދި އަނެއް 2 މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޫއްޑޫގައެވެ. މީގެ ތެރެއިން، ތިނަދޫގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ތިނަދޫގައި މިހާރު ތަރައްގީކުރަމުން އަންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައެވެ.
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މިފްކޯ ސަރަހައްދުގައި ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތްތަކާއި، ޑީސަލް
ޓޭންކްގެ ފައުންޑޭޝަން މަސައްކަތްތަކާއި، އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ގާއިމުކުރުމާއި،
އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތެއް ގާއިމުކުރުމާއި، އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު
ރައްކާކުރާ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 3,050.363 އަކަފޫޓުގެ ސަރަހައްދެއްގައި ރީ-އިންފޯސްޑް
ކޮންކްރީޓް ޕޭވިން އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި ކޮންޓްރެކްޓްގެ ދަށުން ކޫއްޑޫ ކަލަމިންޖާ ޖެޓީ ބޮޑުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރޭގައި، 9,900 ކިއުބިކް
މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 222 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް
ހިމެނެއެވެ. އަދި ކޫއްޑޫގެ އައު ބްރައިން ފްރީޒަ އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!