‏ރަޖިސްޓަރީ ކުރުމަށް ހުށައަޅާފައިވާ ސިޔާސީ ޕާޓީ، "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް، ޕާޓީއަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ހިމަނައިފިއެވެ.

އީސީން މިއަދު ވިދާޅުވީ، ‘’ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި، އެ ޕާޓީގެ ރަޖިސްޓަރީ މިއަދު ހަވާލުކޮށްފަވާކަމަށެވެ.

Ad
rt

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ފަށާފައިވާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ 21 މެއި 2023 ގައެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނީ 24 މެއި 2023 ގައެވެ.

އެ ޕާޓީ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފޯމުތައް ހަމަކޮށް، 3,560 މެންބަރުންގެ ފޯމާއެކު އީސީ އަށް ހުށަހެޅީ 1 ޖޫން 2023 ގައެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ބާއްވާފައި ވަނީ 5 ޖުލައި 2023 ގައެވެ.