ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން އިޢުލާނު ކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު 9:00 ގައި ވެލާނާގެ 3 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ.

Ad
rt

މިމަސައްކަތަށް އަންދާޒީ ހިސާބު ހުށައެޅުން އޮންނާނީ 18 ޑިސެމްބަރު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި ވެލާނާ ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައެވެ.