ގައުމުގެ ކުރިމަގާމެދު ވިސްނާ ކޮންމެ ދިވެއްސަކުވެސް ސުލްހަވެރިކަމާއެކު ބާރަށް ''އިންޑިއާ އައުޓް'' ގޮވަންޖެހޭ ކަމަށާއި، އެހެން ގޮވުން ހުއްޓުވޭނެ ގޮތެއް ނޯންނާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރަކާތު ކޮމެޓީގެ ޗެއާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
''އިންޑިއާ އައުޓް'' ހަރަކާތަކީ އަވަށްޓެރި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ހިންގާ ހަރަކާތެކެވެ.
އެހަރަކާތުގެ ކުލަ ފަނޑުވެފައިވީ ނަމަވެސް އަދިވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ އެ ޝިއާރު ބޭނުންކޮށް އެ ކެމްޕޭން ހިންގަމުންނެވެ. އެހެން ނަމަވެސް އެ ޕާޓީން މިހާރު ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެންބަރުން އިންޑިއާ އެ ކެމްޕެއިނާ ވަރަށް ބޮޑަށް ދެކޮޅެވެ.
މުހައްމަދު މީސް މީޑިއާގައި ވިދާޅުވީ، ކުރިމަގާ ދޭތެރޭ ވިސްނާ ފިކުރުކުރާ ކޮންމެ ދިވެއްސަކު ވެސް ނިކުމެ މަގުތަކުގައި ސުލްހަވެރިކަމާއެކު އިންޑިޔާ އައުޓް ބާރަށް އަޑުހަރުކޮން ގޮވަންކެރެންޖެހޭ ކަމަށެވެ.
''އިންޑިޔާ އައުޓް ގޮވުމަކީ ގައުމީ މަސައްކަތަކައް ވާންޖެހިއްޖެ މިއަދުނުކުރިކަމެށް މާދަމާ ނުކުރެވޭނެ'' މުހައްމަދު ވިދާޅުވެފަވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ސެނެޓުން ފާސްކޮށް ހަރަކާތް ކޮމެޓީއެއް އުފައްދައި އެ ކޮމެޓީގެ ޗެއާ ގޮތުގައި އޭނާ ހަމަޖެއްސުމަށްފަހު އޭނާ އިސްވެހުރެ ދިވެހި ރައްޔިތުންނަށް ނުހައްގުން ލިބޭ އަނިޔާއާ ދެކޮޅަށް އެތައް ހަރާކާތެއް ގާނޫނުގެ އިމުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާނެ ކަމަށެވެ.
''ފާހަގަކޮށްލެވޭ ގޮތުން އަޅުގަނޑުމެން ވާނީ ރޭޕް ކޭސްތަކުން އަނިޔާވި ފަރާތްތަކަށް ހައްގު ހޯދުމަށް، އިންޑިއާ ސިފައިން ރާއްޖެގައި ތިބުމާ ދެކޮޅަށް، ދިވެހި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ދެކޮޅަށް އަދި ގޮތް ނޭގޭ މަރުތަކުގެ ހައްގު ހޯދުމަށް ނުހުއްޓި ސުލްހަވެރި އިހުތިޖާޖު ކޮށްފައި،'' އޭނާ ވިދާވެފަވެއެވެ.
މީގެން އިތުރުން ވެސް ދިވެހި ރައްޔިތުންގެ ހައްގުގައި އެތައް ހަރަކާތެއް ހިންގާފައިވާނެ ކަމަށާއި، ހާއްސަކޮށް އިންޑިއާ އައުޓު ހަރަކާތަކީ ޕީޕީއެމް ލީޑާޝިޕް ގެ ފުރިހަމަ އެއްބާރުލުން އަދި ބައިވެރިވުން ލިބިގެން ހިންގާ ހަރަކާތަކަށް ވުމުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށް މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!