މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާލައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ ހާބަ ބޭސިން ފުން ކުރުމާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތެރެ ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 33،888 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބަ ބޭސިން ފުންކުރުމާއި، 6،254 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ބޭރުތޮށި ލުމާއި، 89 މީޓަރު ސަރައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 479 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!