ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތައް ދައްކާގޮޮތުގައި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޭޖީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށާއި އަދި49 މީހަކަށް މައާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާދެއްވާފައިވާ ކަމަށެވެ.

Ad
rt

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް،60 ގައިދީންނަށް އަދަބު ލުއިކޮށްދިނުމަށް ކްލެމެންސީ ބޯޑުން ވަނީ ނިންމާފައެވެ.

މައާފްދިނުމާއި އަދަބުލުއި ކޮށްދިނުުގެ ޤާނޫނުގެ ދަށުން، ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓާރނީ ޖެނަރަލްއެވެ. އެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓާރނީ ޖެނަރަލްގެ އޮފީހުންނެވެ.