ކުލާސްރޫމެއްގެ ތެރޭގައި އޯޓިސްޓިކް ކުއްޖެއް ރޮމުން ދާއިރު އެކުއްޖާ މަސަލަސް ކުރި ޑައުންސިންޑްރަމް ކުއްޖެއްގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.
މެކްސިކޯގެ ސްކޫލެއްގެ ޓީޗަރެއް ފޭސްބުކް ގައި ޝާއިއު ކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ އޯޓިސްޓިކް ކުއްޖެއް ރޮމުންދާއިރު އޭނާގެ ކްލާސގައި އުޅޭ ޑައުންސިންޑްރަމް ކުއްޖެއް އައިސް ގައިގައި ބައްދާލައި ކަރުން ފޮހެލަދޭ މަންޒަރެވެ. އަދި ބުރަކަށީގައި ފިރުމާލުމަށްފަހު ބައްދަލާއިން ހުރެއެވެ. ބަލާލަން ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ.
މި ވީޑިއޯ ވައިރަލް ވެފައިވާއިރު ގިނަ ބަޔަކު ބުނަނީ ޑައުންސިންޑްރަމް ކުއްޖާއަކީ ބޮޑު ހިތެއްގެ ވެރިއެއްކަމަށެވެ. ފޭސްބުކްގައި އިތުރުން ޓްވިޓާގައިވެސް މި ވީޑިއޯވަނީ ވައިރަލް ވެފައިއެވެ. ވީޑިއޯ ޕޯސްޓްކުރި ފަހުން މި ވީޑިއޯއަށް ވަނީ16 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!