ދިވެހި ރާއްޖޭގައި ނަގާފައިވާ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. މި ވީޑިއޯ އަކީ ކ. މާފުށީގެ ޝެޑޯޕާމް މޯލްޑިވްސް ގެ އިންސްޓަގްރާމް އެކައުންޓްގައި ޝާއިއު ކޮށްފައިވާ ވީޑިއޯއެކެވެ.
މި ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފައިވަނީ މިޔަރު ބައިގަނޑެއް ތެރޭގައި އަންހެނަކު އެެއްވެސް ބިރެއްނެތި އޮންނާތީއެވެ. އެގޮތުން މި ހަބަރު ވަނީ "އޭބީސީ ނިއުސް" ގެ އިންސްޓަގްރާމްގައި ވެސް ޝާއިއުކޮށްފައިވެ. މީގެ އިތުރުން ރަޝިއާގެ ނޫސްތަކުގައި އަދި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ނޫސްތަކުގައިވެސް މި ޚަބަރުވަނީ ޝާއިއު ކޮށްފައެވެ.
ޝެޑޯޕާމްގެ އެކަައުންޓްގައި މިނޫނަސް މިފަދަ އާދަޔާ ހިލާފް ހިތްގައިމު ފޮޓޯތަކާއި ވީޑީއޯތަށް އެބަހުއްޓެވެ. އެގޮތުން މަޑިތަކާއިއެކު ފީނާ މަންޒަރާރި ބޮޑު ކޯމަސް އައިނެއްގެ ވަރަށް ހިއްގައިމު މަންޒަރަކަށްވަނީ މީހުންގެ ސަމާލުކަން ލިބިފައެވެ.
މިވީޑިއޯއިން ފެނިގެންދާ ބާވަތުގެ މިޔަރަކީ އާންމު ގޮތެއްގައި މާބޮޑު ނުރައްކަލެއް އޮތް ބާވަތެއް ނޫނެެވެ. އެހެންނަމަވެސް އެއަށް ގޯނާކޮށްފި ނަމަ ދައިގަންނާނެ ބާވަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!