ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ޕޮއިންޓު ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

Ad
rt

މިލިސްޓް އެކައުންސިލް އިދާރާގެ ކައުންޓަރުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައާއި އަދި ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖުން ފެންނަށް ހުންނާނެކަމަށް އެކައުންސިލުން ބުނެއެވެ.

ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުއްވުމަށް އެކައުންސިލުން އެދެއެވެ.

ގޯތިތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، މި ލިސްޓަށް ގެންނަށްޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހު ކަމަށް އެކައުންސިލުން ބުނެއެވެ.

ވަގުތީ ލިސްޓް ބެއްލެވުމަށް