ކުޅުދުއްފުށީ ސިޓީގައި "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކްސްޗޭންޖް ޕްރޮގުރާމް" ގެ ތިންވަނަ ޕްރޮގުރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން ވިދާޅުވިގޮތުގައި، މިއީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓުޓް އަދި ލޯކަލް ގަވަރމަންޓް އޮޓޯރިޓީ (އެލްޖީއޭ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ޤާބިލުކަން އިތުރުކޮށް، ކޮމިޓީތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްގެން ޕްރޮގުރާމުތައް ހިންގާ، ކޮމިޓީތަކުގެ މެދުގައި މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރުމަށް ކުރިއަށްގެންދެވޭ ޕްރޮގުރާމެއްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސލުން މައުލޫމާތު ދެއްވައެވެ.
މި ޕްރޮގުރާމު އިންތިޒާމުކުރުމަށް އެލްޖީއޭ އަދި އައި.އާރު.އައި ގެ ފެސިލިޓޭޓަރުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީ.އީ.އޯ މިއަދު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، މި ޕްރޮގުރާމުގެ ބައިވެރިންގެ ގޮތުގައި، ހދ. ފިނޭ އަދި ހއ. ކެލާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް މިހާރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފައިއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ހދ. ނޮޅިވަރަންފަރު، ފިނޭ، އަދި ހއ. ކެލާ އަދި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!