ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިއަށް 5 ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ކުރި ޢިއުލާނެއްގައިވާ ބުނެފައި ވަނީ ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި ވަނީ، 1500 އަކަފޫޓުގެ 5 ބިން ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.
އެގޮތުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 31 އޮކްޓޯބަރ 2022 (ހޯމަ) 10:15 ގެ ކުރިން އެ އިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ.
އޮންލައިންކޮށް ފޯމު ހުށަހެޅުއްވުމަށް https://forms.office.com/r/23K91H3EeN މި ލިންކް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
އެ ކައުންސިލުން ވިދާޅުވީ މިކަމުގައި އެއްވެސް ސުވާލެއް ކުރައްވަން ބޭނުންނަމަ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 10؛15 ގެ ކުރިން bids@kulhudhuffushicity.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދޭ ކަމަށެވެ. އަދި ރަޖިސްޓަރ ވުމުގެ ސުންގަޑިއަކީ މި އޮކްޓޯބަރ މަހުގެ 31 ވާ ހޯމަ ދުވަހުގެ 10:15 ކަމަށެވެ.
މީގެ އިތުރުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮވެމްބަރ 1 ވާ އަންގާރަ ދުވަހުގެ 10:15 ގައި ކުޅުދުއްފުށި ސިޓީ ކައުންސިލު އިދާރާ ގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެ އިދާރާ އިން ވިދާޅުވީ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 31 އޮކްޓޯބަރ (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށާއި ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅުއްވެވޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެ އެވެ.
ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެ ކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!