ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ މައިކްރޯން ޕްރިވެޓް ލިމިޓެޑާ އެވެ.
މިއަހަރުގެ މާރޗު މަހު 23 ގައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 10.6 މިލިއަން ރުފިޔާއަށެވެ. އެއީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެރަށުގައި ބޭއްވި މި މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ޢަަލީ އާއި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.
މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ތުރާކުނު ކައުންސިލުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!