ކުޅުއްފުށީ އަފީފުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަަށް ޒިޔާރަތްކޮށްފި އެވެ.
މިއަދު ހެނދުނު ކުރި ޒިޔާރަތުގައި، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަން ހުށަހަޅައިދީފައި ވެއެވެ. އަދި އަލިފާނުގެ ހާދިސާއިން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދަރިވަރުންނަށް ވަނީ ދައްކާލާފަ އެވެ.
އަފީފުއްދީން ސްކޫލުގެ 59 ސްޓާރ ދަރިވަރުން ބައިވެރިވި މި ޒިޔާރަތުގައި، މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!