އޮން އެރައިވަލް ވިސާ ގައި ރާއްޖެއާއި ކްރިގިސްތާނާއި ދެމެދު ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.
މިކަމުގެ ފަހުމުނާގައި ސޮއެ ކުރައްވާފައިވަނީ އިއްޔެ އެވެ.
މި ފަހުމުނާމައިގާ ރާއްޖޭގެ ފަރާތުން ސޮއެ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކްރިގިސްތާނުގެ ފަރާތުން ސޮއެ ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވް އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ފަހުމުނާމައިގެ ދަށުން ދެ ގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެ ވެވޭނެ ކަމަށެވެ.
މި ފަހުމުނާމައުގެ ދަށުން ޓްރާންސިޓް ކުރުމުގައި ވެސް ވިސާ ނަގަން ނުޖެހޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ކްރިގިސްތާނަށް އޮން އެރައިވަލް ވިސާ ގައި ދެވޭއިރު، ތުރުކީ، ތައިލެންޑް، އަދި ކަޒަކިސްތާނަށް ވެސް ވިސާ ނެގުމަކާއި ނުލާ ދެވޭގޮތް ސަރުކާރުން ވަނީ ހަދާފަ އެވެ. އަދި ޔޫރަޕުގެ އިތުރު ގައުމުތަކަށް ވެސް ކުރިން ވިސާ ނެގުމެއްނެތި ދަތުރުކުރެވޭ ގޮތް ސަރުކާރުން ވަނީ ހަދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!