މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް އާއި ހިލާލީގޭގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު މަގާމުން ވަކިކުރަށްވައިފިއެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކުރިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވީނަމަވެސް، މިކަމާއި ބެހޭގޮތުން ސަރުކާރުން އަދި ރަސްމީއެއްޗެއް ނުބުނެއެވެ.

މި ދެބޭފުޅުންގެ އިތުރުން އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ހަނީފް (ސެންބެ) ވެސް ވަނީ މަގާމުން ވަކިކޮށްފައިކައިކަމަށް މައުލޫމާތު ލިބެއެވެ.

މި ތިން ބޭފުޅުންނަކީ ވެސް ހއ. ވަށަފަރަށް ނިސްބަތްވާ ބޭފުޅުންނެވެ.

މީގެ ކުރިން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ޢަލީ އާރިފް އިސްތިއުފާދެއްވާފައެވެ. ޢަލީ އާރިފް އިސްތިއުފާ ދެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު 13 އޭޕްރިލް 2026 ގައެވެ. ޢަލީ އާރިފް އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް ހާމައެެއްނުކުރަށްވައެވެ.

ވަށަފަރު ކައުންސިލްގެ ރައީސްކަން ކުރެއްވި، ސްޓޭޓް ވަޒީރެއްގެ ފެންވަރުގައި މުލިއާގޭ ޗީފަކަށް ހުންނެވި މުހައްމަދާއި، އިގްބާލްގެ އިތުރުން ހަނީފްގެ މަގާމް ގެއްލުނު ދަނޑިވަޅާއި ދިމާވެފައި ވަނީ ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަނާއެވެ.