ހއ. ދިއްދޫ އުދަރެސް އަލްމަރްޙޫމާ ހަދީޖާ މުޙައްމަދާއި އަލްމަރްޙޫމް އިސްމާއީލް މުހައްމަދުގެ ހަނދާނުގައި އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ރައްޔިތަކަށް ވުން ނުވަތަ ދިއްދޫގައި ދިރިއުޅޭ ފަރާތަކަށް ވުމެވެ.

Ad
rt

މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ރައްޔިތުންގެ މެދުގައި ޤްރުއާނަށް ލޯބިޖައްސައި، ޤްރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތް ކުރުމެވެ. އަދި ތަޖުވީދުމަގަށް ޤްރުއާން ކިޔަވަން ހިތްވަރުދިނުމާއި ޤްރުއާން ހިތުދަސް ކުރުމަށް ބާރު އެޅުމެވެ.

މީގެ އިތުރުން ޤްރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިއްދޫގެ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފައްދައި، ދިއްދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ މެދުގައި ޤުރުއާނަށް ހިތް ޖެއްސުން މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މުބާރާތުގައި ހިތުން ކިޔުމުގެ ގޮތްޕާއި ބަލައިގެން ކިޔުމުގެ ގޮފި ހިމެނޭއިރު، މުބާރާތުގައި ބައިވެރިވެވޭނީ އެ ބައިވެރިޔަކު ބައިވެރިވާން ބޭނުންވާ ކޮންމެވެސް އެއް ގޮތްޕެއްގައެވެ.

މުބާރާތް ފެށުމަށް މިހާރު ތާވަލު ކޮށްފައި ވަނީ 15 ޑިސެމްބަރ 2022 އިން 17 ޑިސެމްބަރ 2022 ގެ ނިޔަލަށެވެ.