އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި

uligamu bbq-Uligam masfihun

ހއ.އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ސްޕޮންސަރ ކުރުމުގެ ފުރުޞަތު އުލިގަމު ކައުންސިލުން ހުޅުވާލައިފިއެވެ.

އުލިގަމުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމުގެ ސަޤާފަތެއްގެ ގޮތުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތް ފެށިގެންއައި ގޮތް ސީދާ އެނގެން ނެތްނަމަވެސް އެ ހަރަކާތް ކުރިން ބާއްވަމުން އައިސްފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ ނިންމުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

ޒަމާން ބަދަލުވެ މަސްފިހުމުގެ ހަރަކާތް ބާއްވާ ދުވަސްވަރު މިހާރު ވަނީ ބަދަލުވެފައެވެ. އުލިގަމު ކައުންސިލުން ޚަރަދު ކޮށްގެން މިހާރު ބާއްވަމުން އަންނަ މި ހަރަކާތަށް ކައުންސިލުން ދީފައިވާ ނަމަކީ " ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އެވެ. މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ ވެސް ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ކުރިއަށް އޮތް އަހަރުގެ މަސްފިހުމުގެ މި ހަރަކާތާއި އެ ހަރަކާތުގެ ބައިތައް ސްޕޮންސަރ ކުރެއްވުމަށާއި، މި ޙަރަކާތުގެ ބައިވެރިންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިހާރު އެ ރަށު ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މިގޮތުން މި ހަރަކާތް ސްޕޮންސަރ ކުރެއްވުމަށާއި ޕާޓުނަރުންގެ ގޮތުގައި އިވެންޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މެއިލް ކޮށްގެން ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އެ ކައުންސިލްގެ މެއިލް އެޑްރެސް ([email protected]) އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި ހަރަކާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލްގެ ރައީސް އަޙްމަދު މުޢާޛު މުޙައްމަދު 7759261 ނަންބަރާ ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި