ދަރިވަރުންނަށް ދޫކޮށްފައިވާ ފޮތްތަކުގެ ތެރެއިން ދީނާ ހިލާފު ވާހަކަ ހިމެނާފައި ވަނީ ކުރީގެ ޗާޕެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފާހަގަވެފައި ވަނީ ގްރޭޑް 8ގެ ދަރިވަރުންގެ އިނގިރޭސި ފޮތްތަކުގައެވެ.
އެކަމާ ގުޅިގެން މިނިސްްޓްރީން ބުނީ މައްސަލަ ހުރި ޗާޕަކީ 2014 ވަނަ އަހަރުގެ ޗާޕެއް ކަމަށެވެ. އޭރުވެސް އެ މައްސަލަ ފާހަގަވެ އެކަން އިސްލާހުކޮށްފައިވާ ކަމަށާއި، އައު ޗާޕުގައި އެ މައްސަލަ ނުހުންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މައްސަލަ ހުރި ފޮތް ދެވިފައި ވަނީ ބައެއް ދަރިވަރުންނަށް ކަމަށެވެ. ކުރީގެ ޗާޕުގެ ފޮތްތައް ހުރުމުން އެ ފޮނުވިފައިވާ ކަމަށާއި، ފޮތްތައް ބެހުމުގެ ކުރިން ވެސް އެކަން އިސްލާހުކުރަން ސްކޫލްތަކަށް އެންގި ކަމަށެވެ.
އެގޮތުން އިނގިރޭސި ވޯކްބުކްގެ ސަފްހާ 7 އަދި 8 ކަނޑާލައި ޓެކްސްޓް ބުކްގެ ސަފްހާ 7 އަދި 8 ކަނޑާލައި 9 ވަނަ ސަފްހާގައި ހުސް ގަނޑެއް ތަތްކުރަން އަންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!